އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހެމް ޔުނައިޓެޑު އަދި ޗެލްސީ ބައްދަލުކުރި މެޗު 0-1 އިން ވެސްޓް ހެމް ކާމިޔާބުކޮށްފިއެވެ.
ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއަށް މިބައްޔާއެކު ތަށި ހޯދުމަށް އިތުރު ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ވެސްޓް ހެމްގެ ހަމައެކަނި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި ޖަހާފައިވަނީ މާކޯ އާނޯޓޮވިޗްއެވެ.
ޗެލްސީއަށް މެޗުގެ ނަތީޖާ ބަދަލުކުރުމަށް މެޗުގެ ބޮޑުބައި ލިބުނު ނަމަވެސް ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. 19 ހަމަލާ ގޯލަށް ޗެލްސީން ފޮނުވި ނަމަވެސް ގޯލާއި އަމާޒު ވެފައިވަނީ އެންމެ ދެ ހަމަލާއެވެ.
ވެސްޓް ހެމް އިން ލަނޑަށްފަހު ޑިފެންސިވް ގޭމަކަށް ކުޅުން ބަދަލުކޮށްފައިވާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީވެސް ޗެލްސީއެވެ. ލީގު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތްއިރު މިއަދު ލިވަޕޫލް މޮޅުވެއްޖެނަމަ ގޯލުގެ ތަފާތުން ލިވަޕޫލް ކުރިއަރާނެއެވެ.
މެޗަށްފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ ގަބޫލުކުރަންޖެހޭ ހިތި ހަގީގަތަކީ ދެން ޗެލްސީއަށް ތަށި ހޯދުމަށް އުނދަގޫ ވާނެ ކަމަށެވެ. ކޮންޓޭ ބުނެފައިވަނީ ލީގު ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ މޮޅުވާން ޖެހޭ މެޗުތަކުން ބަލިވުން ކަމަށެވެ.
ރޭ ވެސްޓް ހެމް އަތުން ޗެލްސީ ބަލިވެފައިވަނީ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސް އަތުންވެސް ޗެލްސީ ވަނިކޮށެވެ. ވެސްޓް ހެމް މިވަގުތު އޮތީ ތާވަލުގެ 18 ވަނައިގައެވެ.