Last Updated: June 16, 11:23
Tuesday, June 16, 2026
ކުޅިވަރު

އިންޓަ އާއި ޔުވެންޓަސް އެއްވަރުވެއްޖެ

އިޓާލިއަން ސެރިއޭއޭ ގައި ޔުވެންޓަސް އަދި އިންޓަ މިލާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މެޗު ނިމިގެންގޮސްފައިވާއިރު މެޗުން އެއްވަރުވެ އިންޓަ ވަނީ މިސީޒަނުގައި އެޓީމު އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ރޭގައިވެސް ދަމަހައްޓާފައެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އެޓީމުން ވަނީ ޖުމުލަ 19 ހަމަލާ އުފައްދާފައެވެ. އޭގެ ތެރެއިން 8 ބޯޅަ ވަނީ ގޯލާއި އަމާޒުވެފައެވެ. އިންޓާ އިން 6 ހަމަލާ އުފެއްދިއިރު ގޯލާއި އަމާޒު ވެފައިވަނީ އެންމެ ހަމަލާއެކެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުން އެއްވަރުވެ އިންޓާ ވަނީ މިހާރު ތާވަލުގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް ނަޕޯލީ އާއި ފިއޮރެންޓީނާ ބައްދަލުކުރާ މެޗުން ނަޕޯލީ މޮޅުވެއްޖެނަމަ އިންޓަ ދެވަނައަށް ވެއްޓޭނެއެވެ. ނަޕޯލީ އާއި ޔުވެންޓަސްއަށްވެސް މިހާރު 38 ޕޮއިންޓު ލިބިފައިވާއިރު އަދިވެސް ގޯލުގެ ތަފާތުން ކުރީގައި އޮތީ ނަޕޯލީއެވެ.

ލީގު ތާވަލުގެ ހަތަރުވަނައިގައި ޔުވެންޓަސްގެ ފަހަތުގައި އޮތީ ރޯމާއެވެ. ރޯމާއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ނަމަވެސް އެއީ ޔުވެންޓަސްއަށްވުރެ ދެ މެޗު މަދުން ކުޅެގެންކަން ފާހަގަކޮށްލެވެއެވެ. އޭސީ މިލާން އޮތީ ތާވަލުގެ އަށް ވަނައިގައި 21 ޕޮއިންޓާއެކުގައެވެ.