Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ތުއްތު ދަރިފުޅު މަންމަ ކައިރީ ނިންދަވާ

ލޯބިން ވިޔަސް ދަރިފުޅު މަންމައާ ދުރުގައި ނުނިންދަވާށެވެެ. ބައެއް ހާލަތްތަކުގައި މައިން އެގޮތަށް އަމަލު ކުރަނީ މަންމައާ އެކު އެއް އެނދެއްގައި ދަރިފުޅު ނިންދަވައިފި ނަމަ، ނިދުމުގެ ތެރޭގައި ނޭނގި އަނިޔާއެއް ވެސް ވެދާނެތީ އެވެ.

އެހެންވެ ކުއްޖަކު ހޯދާ އިރު، ދެމަފިރިއަކު އަބަދު ވެސް ދަރިފުޅު ނިންދަވަން ކުޑަކުޑަ ލޯބިލޯބި އެނދެއް ހޯދަން ހާއްސަ ސަމާލު ކަމެއް ދެ އެވެ.

އެކަމަކު މިހާރު ބުނަން ޖެހޭ ވާހައަކީ އެ އެނދު މުހިއްމު ނޫން ވާހަކަ އާއި އޭގެ ބޭނުންތެރިކަން ކުޑަ ވާހަކަ އެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ތުއްތު ދަރިފުޅު ނިދަން ބާއްވަންވީ މަންމަގެ ކައިރީގަ އެވެ. ވީހާ ވެސް ކައިރީގަ އެވެ. އެންމެ ރަނގަޅު އެއްގޮތަކީ މައިމީހާގެ މޭމަތީގައި ދަރިފުޅު ނިންދަވައިގެން އޮތުމެވެ.

މީގެ ސަބަބުން މައިމީހާ އާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބޮޑުވެ، ދަރިފުޅުގެ ސިކުނޑި ތަރައްގީވުމުގެ ފުރުސަތު ވެސް ބޮޑުކޮށްދެ އެވެ.

ސައުތު އެފްރިކާގެ ކޭޕް ޓައުން ޔުނިވަސީގެ ދިރާސާ ޓީމްގައި ހިމެނޭ ޑރ. ނިލްސް ބާގަން ވިދާޅުވި ގޮތުގައި އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރު ވަންދެން ދަރިފުޅު ނިންދެވުން އެންމެ ރަނގަޅީ މައިމީހާގެ ކައިރީގަ އެވެ. އެއް އެނދެއްގަ އެވެ.

މައިމީހާގެ ކައިރީގައި ނިންދަވާ ކުދިންނާއި ވަކި އެނދެއްގައި ނިންދަވާ ކުދިން ބޭނުންކޮށްގެން ހެދި ދިރާސާ އިން ދެއްކި ގޮތުގައި މައިމީހާގެ ގާތުގައި ނިންދަވާ ދަރިންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އެހެން ކުދިންނަށް ވުރެ މާ ބޮޑަށް ވެސް އިތުރުވެ.

އެހެންވެ މީގައި މުހިއްމީ ދަރިފުޅުން ވަކިން ނުނިންދެވުމެވެ. ވީހާ ވެސް ކައިރީގައި ދަރިފުޅު ނިންދެވުމެވެ.