Last Updated: June 16, 09:52
Tuesday, June 16, 2026
ޚަބަރު

އުމުރާ ޓުއާގައި މިފަހަރު ފަލަސްތީނަށް ނުދާނެ

އުމުރާއަށް ދާ ދިވެހިން ކޮންމެ ފަހަރަކުވެސް މައްކާގެ އިތުރުން މަދީނާއާއި އުރުދުން އަދި ފަލަސްތީނަށް ދަތުރުކުރުމަށް ކުރާ ކަލްޗަރަލް ދަތުރުގައި މިފަހަރު ފަލަސްތީނަށް ނުދިއުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފަލަސްތީނަށް ނިދިއުމަށް ނިންމާފައިވަނީ، ޤުދުސް އަކީ އިޒުރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމާއި ގުޅިގެން އެހިސާބުގައި ހަމަނުޖެހުން ބޮޑުވެ، ރައްކާތެރިނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާ އެރުވުމުންނެވެ.

ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްސާއަށް ޒިޔާރަތް ކުރުމަށް ފަލަސްތީނަށް ކަލްޗަރަލް ޓުއާގައި މީހުން ގެންދެއެވެ. ނަމަވެސް މިފަހަރު އެދަތުރު ކެންސަލް ކުރުމަށްފަހު ހަމައެކަނި ދާނީ މައްކާ، މަދީނާ އަދި އުރުދުންއަށެވެ.

އުމްރާވެރިން މިއަދު މިނާއިން އުރުދުންއަށް ދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ލިބިފައިވެއެވެ. އުމުރާވެރިން ތިން ހަރަމަށް ޒިޔާރަތް ކުރުމުގެ ގޮތުން މަސްޖިދުލް އަޤްސާއަށް އާންމުކޮށް ޒިޔާރަތް ކުރެއެވެ.