Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ސްޕޯޓްސް ކޮމިޝަނަރު ޑޭވް އިސްތިއުފާ ދީފި

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އަހުމަދު ނަޝީދު (ޓީސީ ޑޭވް) އިސްތިއުފާ ދެއްވައިފި އެވެ.

ޑޭވްއާ ހަވާލާދީ 'ރާއްޖެއެމްވީ' ގައި ރިޕޯޓްކޮށްފައިވާ ގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެން އެކަށީގެންވާ ވަރަށް ސްޕޯޓްސް ކޮމިޝަނަށް ވަގުތު ނުދެއްވޭތީ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ޑޭވް އައްޔަން ކުރީ އޭޕްރީލް، 24، 2016 ގަ އެވެ.

ޑޭވްއަކީ ރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އައްޔަން ކުރި ފުރަތަމަ ކޮމިޝަނަރު އޮފް ސްޕޯޓްސް އެވެ.

ކުޅިވަރުގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކްލަބު ޖަމްއިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އަސާސީ އަދި ހިންގާ ގަވާއިދަށް އެ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް ފާރަވެރިވުން ހިމެނެ އެވެ.