Last Updated: June 16, 09:52
Tuesday, June 16, 2026
ކުޅިވަރު

ރެއާލާއި ޕީއެސްޖީ، ބާސާ އަދި ޗެލްސީގެ ކުރިމަތިލުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ގުރުލުން ބާއްވައިފި އެވެ.

މުބާރާތުގައި ވާދަ ކުރާ އެންމެ ވަރުގަދަ ދެ ޓީމް، ޕީއެސްޖީ އަދި ރެއާލް މެޑްރިޑްގެ ކުރިމަތިލުމެއް ދެވަނަ ބުރުގައި ފެނިގެންދާ އިރު ގިނަ ބަޔަކު ތިބީ އެމެޗަށް އިންތިޒާރުކޮށްގެންނެވެ.

މީގެ އިތުރުން ގިނަ ބަޔެއްގެ ލޯ ވަނީ ބާސާ އާއި ޗެލްސީ އަށް ހުއްޓިފަ އެވެ. މި ދެޓީމުގެ ކުރިމަތިލުން ޗެމްޕިއަންސް ލީގްގައި އަބަދުވެސް ފޯރި ގަދަވެ، ޚާއްސަ މެޗަކަށްވެ އެވެ.

ޓޮޓެންހަމް އަދި ޔުވެންޓަސް ގެ ކުރިމަތިލުމެ އްވެސް ދެވަނަ ބުރުގައި ފެނިގެން ދާނެ އެވެ. ރެއާލް މެޑްރިޑާއި ބޮރޫޝިޔާ ޑޯޓްމަންޑް އޮތް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓޮޓެންހަމް ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ފޯރިގަދަ މެޗުތަކަކަށް ފަހުގަ އެވެ.

މީގެ އިތުރުން މެން ޔުނައިޓެޑު ސްޕެއިންގެ ސެވީއާއާ ޖެހިފައިވާއިރު ލިވަޕޫލް ޖެހިފައި ވަނީ ޕޯޓޯއާ އެކުގަ އެވެ. އަދި މެން ސިޓީ އާއި ޖެހިފައި ވަނީ އެފްސީ ބާސަލް އެވެ.