Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެޕަލް އިން 400 މިލިއަނަށް ޝަޒަމް ގަންނަނީ

މަޝްހޫރު އެޕަލް ކުންފުނިން މިއުޒިކް ރިކޮގްނިޝަން އެޕްލިކޭޝަނެއް ކަމަށްވާ ޝަޒަމް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝަޒަމްއަކީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގައި އުފެއްދި ކުންފުންޏެކެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާ އިން ސްމާޓްފޯންތަކާއި ކޮމްޕިއުޓަރުތައް ބޭނުންކޮށްގެން ލަވަތައް ދެނެގަނެވޭނެ އެވެ.

ކޮންމެ މަހަކު 100 މިލިއަނަށް ވުރެ ގިނަ މީހުން ޝަޒަމް ބޭނުން ކުރާ އިރު، އެ އެޕްލިކޭޝަނަށް ބޮޑު ފައިދާއެއް ވަނީ އެޕަލްގެ އައިޓިއުންސް ސްޓޯ އިޝްތިހާރު ކުރުމަށް ދޭ ކޮމިޝަންތަކުންނެވެ.

ޓެކްކްރަންޗް ވެބްސައިޓްގައި ޝާއިރު ކުރި މި ޚަބަރާ ބެހޭ ގޮތުން އަދި މިހާތަނަށް އެޕަލް އިން ވެސް އަދި ޝަޒަމް އިން ވެސް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ނަމަވެސް މި ޑީލް ޔަޤީންވެއްޖެ ނަމަ، ޝަޒަމް ހިމެނިގެން ދާނީ ބޮޑެތި ކުންފުނިތަކުން ގަންނަމުންދާ އިނގިރޭސިވިލާތުގެ ޓެކް ފާމްތަކުގެ ތެރޭގަ އެވެ.

އެޕަލް އިން ޝަޒަމް ކުންފުނި ގަނެފި ނަމަ، އެ ކުންފުންޏަށް އިތުރު ކޮމިޝަންތަކެއް ދައްކާކަށް ނުޖެހޭނެ އެވެ. އެހެންކަމުން އެޕަލްގެ ފައިދާތައް އިތުރުވެގެން ދާނެ އެވެ.