"ތޭރާ އިންތެޒާރް" ގައި ސަނީ ލިއޯންއާ އެކު ފެނުމަށްފަހު، އަރްބާޒް ޚާން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމްގެ ރިލީޒަށް ތައްޔާރުވަމުންނެވެ.
އަރްބާޒް ދެން ފެނިގެން ދާނީ ކްރައިމް ތްރިލާ "ނިރްދޯޝް" އިންނެވެ. އެ ފިލްމްގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
އެ ޕޯސްޓަރުން ފެނިގެން ދަނީ މަރުގެ މައްސަލައެއް ޚަބަރު ލިޔެފައިވާ ނޫހެކެވެ. އެ ނޫހުގައި އެންމެ ބޮޑުކޮށް ފެނިގެން ދަނީ އަރްބާޒްގެ މޫނެވެ. މީގެ އިތުރުން ފިލްމްގައި އެހެނިހެން ރޯލްތައް އަދާކުރާ އެކްޓަރުން ކަމުގައިވާ މަންޖިރީ ފަދްނިސް އާއި އަޝްމިތް ޕަޓޭލް އާއި މަހެކް ޗާހަލް ގެ އިތުރުން މުކުލް ދޭވްގެ މޫނުތައް ވެސް ފެނިގެންދެ އެވެ.

ޕްރަދީޕް ރަންގްވާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.