Last Updated: May 1, 20:45
Wednesday, May 1, 2024
މުނިފޫހިފިލުވުން

ރެޑީ ޕްލޭޔާ ވަން: ސްޕީލްބާގްގެ އަސްލު ރަހަ

ސައިންސް ފިކްޝަން ފިލްމްތައް ހަދަން މަޝްހޫރު ސްޓީވެން ސްޕީލްބާގް ޑައިރެކްޓްކޮށްފައިވާ އޭނާގެ އާ ސައި-ފައި ފިލްމް "ރެޑީ ޕްލޭޔާ ވަން" ގެ ރަސްމީ ޓްރެއިލާ ވޯނާ ބްރަދާޒް އިން ދައްކާލައިފި އެވެ.

މި ފިލްމް ބިނާކޮށްފައި ވަނީ ލިޔުންތެރިޔާ އާނީ ކްލައިންގެ ފުރަތަމަ ވާހަކަ "ރެޑީ ޕްލޭޔާ ވަން" ގެ މައްޗަށެވެ.

ފިލްމްގެ ޓްރެއިލާއާ އެކު ވޯނާ ބްރޯސް އިން ވަނީ ފިލްމްގެ ރެޓްރޯ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޓައި ޝެރިޑަން އާއި އޮލިވިއާ ކޫކް އަދި ބެން މެންޑެލްސަން އާއި ޓީޖޭ މިލާގެ އިތުރުން ސައިމަން ޕެގް އާއި މާކް ރައިލެންސް ވެސް ހިމެނެ އެވެ.

ޒެކް ޕެން އާއި އާނެސްޓް ކްލައިން ލިޔެފައިވާ މި ފިލްމް ސްޕީލްބާގް ޑައިރެކްޓްކޮށްފައިވާ އިރު، އޭނާއަކީ މި ފިލްމްގެ ކޯ-ޕްރިޑިއުސަރެއް ވެސް މެ އެވެ.

"ރެޑީ ޕްލޭޔާ ވަން" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް، 30، 2018 ގަ އެވެ.