Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

"ހެއާ ކެއާ" ގެ އެޖެންޓަކަށް ވާން ފުރުސަތެއް

ރާއްޖޭގައި ހެއާ ކެއާގެ އުފެއްދުންތައް ވިއްކަމުން އަންނަ ހެއާ ކެއާ މޯލްޑިވްސްގެ އަތޮޅުތަކުގެ އެޖެންޓުންނަށްވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެގޮތުން އައްޑޫގައި އެޖެންޓަކަށް ވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ އިރު، އައްޑޫގައި އެޖެންޓެއް ބަހައްޓަން އިސްކަން ދީފައި ވަނީ ހިތަދޫންނެވެ.

ހެއާ ކެއާ މޯލްޑިވްސް އިން ބުނީ އެޖެންޓަކަށްވާން ބޭނުން ނަމަ 7792020 އާއި 3342020 އަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެ ކަަމަށެވެ. އެޖެންޓް ކަނޑައަޅާ އިރު، ފުރުސަތު ދޭން ނިންމާފައި ވަނި އެންމެ އަވަހަށް އެކަމަށް އެދޭ ފަރާތަކަށް އިސްކަން ދޭ ގޮތަށެވެ.

އެ ކުންފުނިން އަދި ބުނީ އަތޮޅުން އިސްކަން ދޭ ރަށުން އެޖެންޓަކު ކަނޑައެޅުމަށް ފަހު، އެ އެޖެންޓް މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްތަކުގައި ވެސް އެޖެންޓުން ބޭތިއްބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހެއާ ކެއާކީ އިސްތަށިގަނޑަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ވިއްކާ ކުންފުންޏެކެވެ.