Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހަސަން ލަތީފް މަގާމުން މުސްކުޅިކޮށްފި

ފޭދޫގެ ކަތީބުކަމާއި ބޮޑު ކަތީބުކަން ވެސް ކުރެއްވި އަދި ފޭދު އަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަސަން ލަތީފު މަގާމުން މުސްކުޅި ކުރައްވައިފި އެވެ.

އޭނާ މަގާމުން މުސްކުޅި ކުރެއްވި އިރު ހުންނެވީ ފޭދޫ އަވަށު އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ.

ހަސަން ލަތީފު ސިވިލް ސާވިސްގެ މަގާމުން މުސްކުޅި ކުރެއްވުމާ އެކު، އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއްޔެ އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.

އެ ހަފުލާގައި އައްޑޫގެ ބައެއް ކައުންސިލަރުންނާއި ފޭދޫ އަވަށު އޮފީހުގެ މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރައްވާ ފޭދު އަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.