Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޒެފިއާ ފުޓްސަލް ކަޕްގެ ފައިނަލް މާދަމާ

ހިތަދޫގެ ޖަމިއްޔާއެއް ކަމުގައިވާ އެފްސީ ޒެފިއާ އިން އިންތިޒާމުކޮށްގެން ބާއްވާ "އެލެކްސް އިންވަސްޓްމަންޓް ފުޓްސަލް ކަޕް2017" ގެ ފައިނަލް މެޗް މާދަމާ އޮންނާނެއެވެ.

މާދަމާ ހަވީރު 4:30 ގައި ފަށާ މި މެޗްގައި ބައްދަލުކުރާނީ އުސްގަނޑަ އެފްސީ އާއި ސުއްޓާލައިން އެފްސީއެވެ.

ސުއްޓާލައިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ ސެމީގައި އެފްސީ ބޭރުމަތި އާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އުސްގަނޑަ ފައިނަލްގެ ޖާގައެއް ހޯދީ ސެމީގައި މަލްޓި ޖީނިއަސް އަތުން 1-8 އިން މޮޅުވެގެންނެވެ.

މި މުބާރާތުގައި ސުއްޓާލައިން އަދި އުސްގަނޑަ ލައްވާލީ އެއް ގްރޫޕަކަށެވެ. ގްރޫޕް ސްޓޭޖްގައި މި ދެ ޓީމް ބައްދަލުކުރި މެޗް 3-4 އިން ކާމިޔާބު ކުރީ އުސްގަނޑައެވެ.

ޒެފިއާ ފުޓްސަލް ކަޕް 2016 ގެ ފައިނަލުގައި ވެސް ބައްދަލުކުރީ އުސްގަނޑަ އާއި ސުއްޓާލައިނެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސުއްޓާލައިނެވެ.