Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ނުހުއްޓުވޭނެ: ރޮޒޭ

* "ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލާފައި ވަނީ ޓްވިޓަރ ފޭސްބުކް އެއްޗިހީގައި ލިޔެގެން"
* "ލޫކަސްގެ މައްޗަށް ދައުވާ ކުރުމެއް ނެތި އެތައް ދުވަހަކު ޖަލުގައި ބަންދުކުރި"
* "2 މިލިއަން ރުފިޔާ އަތުގައި ބާއްވައިގެން ނޫނީ އަނގަ ހުޅުވުމަކީ ބިރުވެރި ކަމެއް."

ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން ހުރަސްއަޅަމުން ގެންދާތީ އެކަމާ ގުޅިގެން އައްޑޫ މީޑޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ "މިހާރު 2 މިލިއަން ރުފިޔާ އަތުގައި ބާއްވައިގެން ނޫނީ އަނގަ ހުޅުވުމަކީ ބިރުވެރި ކަމެއް" ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާލާފައި ވަނީ ވެސް "ޓްވިޓަ ފޭސްބުކް އެއްޗިހީގައި ލިޔެގެން" ކަމަށެވެ.

" ޓްވިޓަރ ފޭސްބުކް އެއްޗިހީގައި ލިޔެގެން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ ޔާމީން ރަޝީދު ވަރަށް އަނިޔާވެރިކޮށް މަރާލާފައިވާތަން."

ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ކުރިމަތިވާ ހުރަސްތައް ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) އެތައް ދުވަހަކު ޖަލުގައި ބަންދު ކުރި ކަމަށާއި އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ވެސް އަދި ވެސް ހުރީ ގޭ ބަންދުގައި ކަމަށެވެ.

މީގެ އިތުރުން ސޯޝަލް މީޑިޔާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދާ އަހްމަދް ސިމްވާރު(ސިމް) ވެސް ރާއްޖެ ނާދެވިފައި ހުރީ ސޯޝަލް މީޑިޔާގައި އެއްޗެހި ލިޔާތީ ކަމަށެވެ.

މިވަގުތު ރާއްޖޭގައި ހުރެގެން ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިޔާގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދާ ތޮއްޔިބް ޝަހީމް ފުލުހަށް ހާޒިރުކުރާތީ އެކަމަށް ވެސް ރޮޒެއިނާ ވަނީ ފާޑުވިދާޅުވެފައެވެ. ރޮޒެއިނާ ވިދާޅުވީ ތޮއްޔިބް ފުލުހަށް ހާޒިރުކޮށް ފޯނުއަތުލައި ހަދަނީ ބައެއް ވާހަކަތައް ޓްވިޓަރގައި ލިޔާތީ ކަމަށެވެ.