Last Updated: June 16, 09:52
Tuesday, June 16, 2026
ޚަބަރު

ވިލާ ކޮލެޖްގެ ކޮމިއުނިޓީ ސްކޮލަޝިޕަށް ކުރިމަތިލައިފިންތަ؟

ވިލާ ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަޝިޕްގެ ނަމުގައި ހުޅުވާލި ދެ ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ވިލާ ކޮލެޖާއި ދެމެދު އިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފު ކުރި "ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" ގައި ޑިގްރީ އަދި މާސްޓާސްއަށް ކުރިމަތިލުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ސްކޮލަޝިޕަށް އެދޭ ފޯމު އަދި ސްކޮލަޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 14 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސްކޮލަޝިޕަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ހުށައެޅުމަށް ވިލާ ކޮލެޖުން ވަނީ އެދިފައެވެ. އަދި ސްކޮލަޝިޕާއި ބެހޭ މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މައުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުން ކައުންސިލް އިދާރާގެ ނަމްބަރު، 6888820 އަށް ގުޅުއްވައިގެން ސާފުކުރެއްވުމަށް ވިލާއިން ވަނީ އެދިފައެވެ.