Last Updated: April 29, 21:04
Monday, April 29, 2024
ޚަބަރު

600 އަށް ވުރެ ގިނަ ނަރުހުން ހޯދަނީ

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ 600 އަށް ވުރެ ގިނަ ނަރުހުން ހޯދަން ހެލްތު މިނިސްޓރީން އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 609 ނަރުހުން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ނަރުހުންނަށް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މަގާމުތްކަށް ނަރުހުން ހޮވަން ބާއްވާ އިންޓަވިއު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގަ އެވެ.

އިއުލާންގައި ބުނެފައިވަނީ މި މަގާމްތަކަށް ހޮވޭ ނަރުހުންނަށް މުސާރައިގެ ގޮތުގައި މަހަކު 5،610ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،500ރ. ގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާ އާއި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާންކޮށްފައިވެ އެވެ.