Last Updated: April 26, 06:01
Friday, April 26, 2024
ރިޕޯޓް

މާ އަވަހަށް ތަލަަވާ ނަމަ، ހިތުގެ މައްސަލަ!

ފިރިހެނުން އެންމެ ބޭނުން ނުވާނެ އެއް ކަމަކީ އެ މީހުންގެ ބޮލުން އިސްތަށި ފޭބުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ތަލަވުމެވެ. ހާއްސަކޮށް ތަފާތު ސްޓައިލްތައް ގެންގުޅެން ލޯބި ކުރާ ޒުވާނުންގެ ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ހިތްދަތި ކަމަކަށް ވާނެ އެވެ.

މީގެ ކުރިއަށް ބަލާ އިރު، އާންމު ގޮތެއްގައި ފިރިހެނުން ތަލަ ވަނީ އުމުރުން ދުވަސްވުމުންނެވެ.

ހާއްސަކޮށް ތަލަވުމާއި އިސްތަށިގަނޑު ނުރަވުން ފަދަ ކަންކަމަކީ އުމުރުން ދުވަސްވެ މުސްކުޅިވުމުގެ އާލާމާތެއްގެ ގޮތުގައި ކުރިން ބެލެވިފައި އޮތަސް، މި ވިސްނުން މިހާރު ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ތަޖުރިބާކާރުން ބުނަނީ ދިރިއުޅުމުގެ ވައްޓަފާޅި އައި ބޮޑު ބަދަލުތަކާ އެކު ވަރަށް ޒުވާން އުމުރުގައި ފިރިހެނުން މިހާރު ތަލަވާން ފަށާ ކަމަށެވެ. އަދި އިސްތަށިގަނޑު ނުރަވުން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހެދި ދިރާސާއަކުން މިހާރު އެހެން ވާހަކައެއް ވެސް އެބަ ކިޔައި ދެ އެވެ.

އޭގައި ބުނީ އުމުރުން އެހާ ގިނަ ދުވަސް ނުވަނީސް ތަލަވުމާއި އިސްތަށިގަނޑު ނުރަވުން ފަދަ ކަންކަމާ ހެދި ޒުވާން ފިރިހެނުންނަަށް ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

އިންޑިއާގެ ކާޑިއޮލޮޖީ އެންޑް ރިސާޗް ސެންޓަރުން ހެދި ދިރާސާގައި ބުނާ ގޮތުން އުމުރުން 40 އަހަރުވުމުގެ ކުރިން ތަލަވުމާއި އިސްތަށިގަނޑު ނުރަވުމަކީ ފިރިހެނުންނަަށް ހިތުގެ ތަފާތު މައްސަލަތައް ޖެހުމުގެ ފުރުސަތު 40 ޕަސަންޓަށް އޮތް ކަމެކެވެ.

އެހެންވެ މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާލަން ޖެހެ އެވެ. އެކަމަކު ސުވާލަކީ މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟

އެއް ހިތްހަމަޖެހުމަކީ ބޯ އެއްކޮށް ޝޭވްކޮށްލައިގެން ތިބެން ބޭނުންވާ ފިރިހެނުންނަށް މި މައްސަލާގައި މާ ބޮޑު ފިކުރެއް ނުޖެހޭނެ ކަމެވެ. ބޯ އެއްކޮށް އޮމާންކޮށްލުމަކީ މިހާރު ބައެއް ޒުވާނުންނަށް ފެޝަނެއް ވެސް މެ އެވެ.