Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ޚިތާނުކުރެވޭ ކުދިންނާ މެޑަމް ފާތުން ބައްދަލުކޮށްފި

ސަދަޤާތު ފައުންޑޭޝަނުން ބާއްވާ "ޚިތާނީ ފެސްޓިވަލް"ގައި ޚިތާނުކުރެވޭ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ބައްދަލުކުރައްވައިފި އެވެ.

ޚިތާނީ ފެސްޓިވަލްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް މުއާޒް ޢަލީ އާއި ހަވާލާދީ "ޕީއެސްއެމް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޚިތާނީ ކޭމްޕް މާދަމާ ފަށާނެ އެވެ.

މި އަހަރުގެ ޚިތާނީ ކޭމްޕް ރެހެންދީ ސްކޫލްގެ އިތުރުން ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ އިރު ޚިތާނު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.

މެޑަމް ފާތުންގެ އެންޖީއޯ، ސަދަޤާތު ފައުންޑޭޝަނުން ބާއްވާ ޚިތާނީ ކޭމްޕްގައި 500 އަށްވުރެ ގިނަ ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

މިއީ ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދާ މިއީ ދެ ވަނަ އަހަރެވެ.