Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ސަލާހް

އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހް ހޮވިއްޖެއެވެ.

ސަލާހް ހޮވިފައިވަނީ މޮޅު ކުޅުންތެރިންނާ ވާދަކޮށް، ރެކޯޑު އަދަދަކަށް ވޯޓު ލިބިގެންނެވެ. އޭގެ ތެރޭގައި އައުބަމަޔެންގް، ނަބީ ކެއިޓާ، ވިކްޓާ މޯސެސް އަދި ސަލާހުގެ ލިވަޕޫލް ޓީމްމޭޓް ސަޑިއޯ މަނޭވެސް ހިމެނެއެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް 13 ގޯލާއެކު ސަލާހްއެވެ. އަދި އޭނާ ވަނީ އޭނާގެ ގައުމު، މިސްރު ވޯލްޑް ކަޕަށް ކޮލިފައިވުމުގައި އެންމެ މުހިންމު ރޯލު އަދާކޮށްފައެވެ. ކޮލިފައިންގައި މިސްރުން ޖެހި 7 ގޯލުގެ ތެރެއިން ފަސް ގޯލަކީ އޭނާ ޖެހި ގޯލެވެ. އަދި އަނެއް ދެ ގޯލަކީ އޭނާގެ އެސިސްޓުން ޖެހި ދެގޯލު ކަން ފާހަގަކޮށްލެވެއެވެ.

މިސްރު ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ 1990 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށެވެ. ސަލާހް ވަނީ ނިމިގެން މިދާ 2017 ވަނަ އަހަރުގައި ފުޓުބޯޅައިގެ ދުނިޔޭގައި ވިދާލާފައެވެ.