Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުން ވަކިކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހަސަން އަލީ ވަކިކޮށްފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދޭ ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު ޕްރައިވެޓައިޒޭޝަން ބޯޑަަށް ޤާނޫނީ ގޮތުން ލިބިފައިވެއެވެ.

އާސަންދަ ކުންފުނީގެ އެމްޑީ ކަމަށް ހަސަން އަލީ އައްޔަންކުރީ މިއަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވާފައެވެ.