Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

މެރަޑޯނާގެ ސްޓެޗޫ އާންމުންނަށް ކަމަކު ނުދިޔަ

އިންޑިޔާގައި މިއަދު ދައްކާލެވުނު އާޖެންޓީނާގެ ކުރީގެ ތަރި، ޑިއެގޯ މެރަޑޯނާ ސިފަކޮށްދޭ ބުދަށް އާންމުންގެ މަގުބޫލުކަން ނުލިބި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އެ ބުދަށް ފާޑުކިޔަމުން އަންނައިރު ބައެއް މީހުން އަންނަނީ މިއަހަރު ކުރީކޮޅު ދައްކާލި ރޮނާލްޑޯގެ ސްޓެޗޫއާ އަޅާ ކިޔައި، ދޭތިން ބޮޑަށް ހުތުރީ ކޮން ސްޓެޗޫއެއްތޯ ބެލުމަށް ޕޯލްވެސް ނަގަމުންނެވެ.

އާޖެންޓީނާގެ ކެޕްޓަނަކަށް ހުރެ 1986 ވަނަ އަހަރު ވޯލްޑް ކަޕް ތަށި ނަގައިގެން ހުންނަ ފޮޓޯ ރަމްޒުކޮށްދޭ މި ސްޓެޗޫ މެރެޑޯނާއަށްވުރެ ވައްތަރީ އެހެން މީހުނާ ކަމަށްބުން ސޯޝަލް މީޑިޔާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

އޭގެ ތެރޭގައި އިނގިރޭސި ކުރީގެ ކޯޗު އަދި ކްރިސްޓަލް ޕެލެސްގެ މެނޭޖަރު ރޮއި ހޮޑްސަންއާ ވައްތަރު ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި ސްޓެޗޫ މިރސ. ބްރައުންއާއެވެ.

އިންޑިޔާގެ ކޮލްކަޓާގައި ބެހެއްޓި މިސްޓެޗޫ ދައްކާލުމުގެ ރަސްމިއްޔާތުގައި މެރެޑޯނާއާއި އޭނާގެ ލޯބިވެރިޔާ ވަނީ ބައިވެރިވެފައެވެ. އަދި މެރެޑޯނާ ވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް 10،000 ރުޕީސް ދީފައެވެ.