Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު

ހުޅުދޫ ދަނޑުގައި ލައިޓް ޖަހާނެ ބަޔަކު އަލުން ހޯދަނީ

ހުޅުދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް، ކަރަންޓް ގުޅައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އެ މަަސައްކަތް ކުރާނެ ބަޔަކު ހޯދަން އެންމެ ފަހުން އިއުލާން ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އަލުން އިއުލާން ކުރީ މަސައްކަތްކޮށް ދޭން މިކަމަށް ޝައުގުވެރިވެ ހުށަހެޅި ޕްރޮޕޯސަލްތަކުގައި ބައެއް މައްސަލަތައް ހުރިކަން ފާހަގަ ކުރެވިގެން ކަމަށެވެ.

އެހެންވެ އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 18 ވަނަ ދުވަހު ހެނދުނު 10:00 ގައި ހުޅުދޫ އަވަށު އޮފީހާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގެ ބައެއް އަވަށްތަކުގެ ދަނޑުތަކުގައި ކައުންސިލުން މިހާރު ވަނީ ލައިޓް ހަރުކޮށްފަ އެވެ.