Last Updated: June 28, 17:46
Sunday, June 28, 2026
މުނިފޫހިފިލުވުން

މިއޮތީ "އިންސިޑިއަސް 4" ގެ އާ ޓްރެއިލާއެއް

ޖޭމްސް ވެން ޕްރޮޑިއުސް ކޮށްފައިވާ ބިރުވެރި ފިލްމް ފްރެންޗައިޒް "އިންސިޑިއަސް" ގެ ހަތަރު ވަނަ ފިލްމްގެ އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މިއަދު ނެރުނު "އިންސިޑިއަސް: ދަ ލާސްޓް ކީ" އިން ވަރަށް ބިރުވެރި މަންޒަރުތަކެއް ފެނިގެންދެ އެވެ. ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި މި ފިލްމް ވެގެންދާނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބަކަށެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އެޑަމް ރޮބިޓެލް އެވެ. އަދި ފިލްމްގެ ސްކްރިޕްޓް ލިޔެފައި ވަނީ ކުރީގެ ތިން ފިލްމްގެ ސްކްރިޕްޓް ވެސް ލިޔެ ދިން ލޭ ވެނެލް އެވެ.

"އިންސިޑިއަސް: ދަ ލާސްޓް ކީ" ރިލީޒް ކުރާނީ ޖެނުއަރީ، 5، 2018 ގަ އެވެ.