Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ކޮމިއުނިޓީ ސްކޮލަޝިޕް" ގެ ސުންގަޑި 26 އަށް

"ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއި ކުރެވުނު ފަހުމުނާމާއެއްގެ ދަށުން ތަޢާރަފު ކުރި "ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް އިތުރުކޮށް މުއްދަތު ހަމަވާ ގޮތަށް ކުރިން އޮތީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

ނަމަވެސް މިހާރު ވަނީ ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް އިތުރުކޮށްފައި ކަމަށް ކައުންސިލުން ނެރުނު އިއުލާނެއްގައި ބުންޏެވެ.

މި ސްކޮލަޝިޕްގެ ދަށުން ވިލާ ކޮލެޖް ހިތަދޫ ކެމްޕަހުގެ އަންނަ މަހުގެ އިންޓޭކްގެ ޕްރޮގްރާމްތަކުގެ ތެރެއިން ޑިގްރީ އަދި މާސްޓާސް ކޯހުގައި ދެ މީހަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްކޮލަޝިޕަށް އެދޭ ފޯމް އަދި ސްކޮލަޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އިތުރު މަޢުލޫމާތު ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅައިގެން ހޯދޭނެ އެވެ.