އެންމެ ފުރަތަމަ ލައިވް އެކްޝަން ޕޮކެމޮން ފިލްމް ކަމުގައިވާ ރަޔާން ރޭނޯލްޑްސްގެ "ޑިޓެކްޓިވް ޕިކާޗޫ" ރިލީޒް ކުރާނެ ތާރީޚެއް ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުނިވާސަލް އިން ވަނީ އެ ފިލްމް ރިލީޒް ކުރާނެ ތާރީޚަކީ މެއި، 10، 2019 ކަމަށް އިއުލާންކޮށްފަ އެވެ.
މި ފިލްމްގައި ޑިޓެކްޓިވް ޕިކާޗޫގެ ރޯލް އަދާކުރާނީ ލީޑް އެކްޓަރު ރަޔަން ރޭނޯލްޑްސް އެވެ. އޭނާގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑޮމް" ގެ ތަރި ޖަސްޓިސް ސްމިތް ވެސް ހިމެނެއެވެ.
މި ފިލްމް ޑައިރެކްޓް ކުރާނީ ރޮބް ލެޓާމޭން އެވެ. ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގަ އެވެ.