Last Updated: June 28, 17:46
Sunday, June 28, 2026
މުނިފޫހިފިލުވުން

ވިރާޓް އާއި އަނުޝްކާގެ ހަނީމޫން ރޯމްގައި

އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓް ކޯލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ ވަނީ އިޓަލީގެ ޓަސްކޭނީގައި ވަރަށް ކުލަގަދަ ހަފުލާއެއްގައި ކައިވެނިކޮށްފަ އެވެ.

ހޯމަ ދުވަހުގެ ކައިވެންޏަ ށްފަހު މިހާރު ވިރާޓް އާއި އަނުޝްކާ ވަނީ އެ ދެމަފިރިންގެ ހަނީމޫން ފަށައިފަ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އަލަށް ކައިވެނި ކުރި ވިރާޓް އާއި އަނުޝްކާ އެމީހުންގެ ހަނީމޫން މަންޒިލަކަށް ހަމަޖައްސާފައި ވަނީ އިޓަލީގެ ވެރިރަށް ރޯމް އެވެ.

އެނގިފައިވާ ގޮތުގައި ރޯމް ގައި އެދެމަފިރިން ހަފްތާއެއްހާ ދުވަހުގެ ޗުއްޓީއެއް ހޭދަކުރާނެ އެވެ. ރޯމްއަކީ މީގެ ކުރިން ވެސް ލޯބިވެރިންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވާ ސިޓީއެކެވެ.

މިހާރު ވިރާޓް އާއި އަނުޝްކާގެ އާއިލާއިން ވަނީ އެނބުރި އިންޑިއާ އަށް ދާން ފަށައިފަ އެވެ. މި މަހުގެ 21 ގައި ދިއްލީގައި އާއިލާއާއި ގާތްތިމާގެ މީހުންނަށް ޚާއްސަކޮށް ކައިވެނީގެ އުފަލުގައި ޕާޓީއެއް ދިނުމަށްފަހު ވިރާޓް އާއި އަނުޝްކާ ޑިސެމްބަރު 26 ގައި މުމްބާއި ގައި އެ ދެމަފިރިންގެ ރައްޓެހިންނަށް ވެސް ޕާޓީއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.