Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ސައިކަލެއް "ވަގަށް ނެގި" ބަޔަކު ހޯދަނީ

މާލޭން ސައިކަލެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑީޕާޓްމެންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާންކޮށްފައިވަނީ ސައިކަލެއް ހުޅުވައިގެން އެއަށް އަރައިގެން ދާ ފޮޓޯއަކާ އެކުގައެވެ.

ފުލުހުން ވަނީ މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް ފުލުހުންނަށް ގުޅައި، އެމައުލޫމާތު ހިއްސާކޮ ށްދިނުމަށް އެދި ފައެވެ.

މާލެއިން ސައިކަލު ވަގަށް ނަގާ މައްސަލަ ވަނީ ފަހަކަށް އައިސް ބޮޑުވެފައި ކަމަށް އާންމުން ބުނެ އެވެ.