Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ސަބާ މޯލްޑިވްސް" ގެ އަހަރީ ޖަލްސާ 25 ގައި

"ސަބާ މޯލްޑިވްސް" ކޯޕަރޭޓިވް ސޮސައިޓީގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގެ ރަޖިސްޓްރޭޝަން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ޖަލްސާ ބާއްވަމީ މި މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

އަހަރީ އާންމު ޖަލްސާގެ ރަޖިސްޓްރޭޝަން ކުރިއަށް ދަނީ އިކޮނޮމިކް މިނިސްޓްރީގައި ހުންނަ ސަބާ ކޯޕަރޭޓިވްގެ އޮފީހުގަ އެވެ. މީގެ އިތުރުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

"ސަބާ މޯލްޑިވްސް" ކޯޕަރޭޓިވް ސޮސައިޓީއަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ އަންހެން ކަނބަލުންނަށް ޙާއްޞަކޮށްގެން ސާކް ޑިވެލޮޕްމަންޓް ފަންޑްގެ ދަށުން 2013 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.

މި ޖަމްޢިއްޔާއަކީ ސަރުކާރުގެ 40 ޕަސަންޓާއި ގޭގައި ތިބެގެން އުފެއްދުންތެރި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ 60 ޕަސަންޓް ހިއްސާވާ ޖަމްޢިއްޔާއެކެވެ.

"ސަބާ މޯލްޑިވްސް"ގެ އާންމު މެންބަރުންގެ އަދަދު 2000 އާ ގާތް ކުރެ އެވެ. އޭގެ ތެރޭގައި އައްޑޫ މެމްބަރުން ވަރަށް ގިނަ އެވެ.