Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ސަލްމާންގެ ޅިޔަނުގެ ފިލްމަކީ "ލަވްރަޓްރީ"

ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާން ހާންގެ ފިރިމީހާ އަޔޫޝް ޝަރްމާ ބޮލީވުޑަށް ލޯންޗް ކުރަން އުޅޭ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ.

އޭނާގެ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަަކ ދެކެވެމުން ދަނިކޮށް ސަލްމާން ހާން މިހާރު ވަނީ ޅިޔަނުގެ ފިލްމްގެ ނަން ވެސް އިއުލާންކޮށްފަ އެވެ.

ފިލްމްގެ ފަސްޓްލުކާ އެކު ސަލްމާން ކުރި ޓްވީޓްގައިވާ ގޮތުން އޭނާގެ އަމިއްލަ ފިލްމް ކުންފުނި ސަލްމާން ހާން ފިލްމްސް (އެސްކޭއެފް) އިން އަޔޫޝް ލޯންޗް ކުރާ ފިލްމަކީ "ލަވްރަޓްރީ" އެވެ. މީގެ ޑައިރެކްޓަރަކީ އަބިރާޖް މިނަވާލާ އެވެ.

ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ސަލްމާން ބުނީ "ލަވްރަޓްރީ" ގެ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. މި ފިލްމަކީ ސަލްމާންގެ ކުންފުނިން ހަދާ ފަސް ވަނަ ފިލްމެވެ.

އަރްޕިތާ އާއި އަޔޫޝް 2014 ގައި ކުރި ކައިވެންޏަށް މިހާރު ވަނީ ފިރިހެން ދަރިއަކު ވެސް ލިބިފަ އެވެ.