Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޑިސްނީން 52 ބިލިއަނަށް ފޮކްސް ގަނެފި

ޑިސްނީގެ ޗީފް އޮފް އެގްޒެކެޓިވް ބޮބް އިގާ އަދި ފޮކްސްގެ ޗެއާމަން ރުޕާޓް މާޑޮކް

ވޯލްޓް ޑިސްނީން 52.4 ބިލިއަން އެމެރިކާ ޑޮލަރަށް "ފޮކްސް" ގެ ބައެއް އެސެޓުތައް އެވެ.

ޑިސްނީން ގަނެފައި ވަނީ ފޮކްސްގެ 39 ޕަސަންޓް ހިއްސާ ކަމަށްވާ ސެޓެލައިޓް ބްރޯޑްކާސްޓާ "ސްކައި" އަދި "ޓްވެންޓިއެތް ސެންޗަރީ ފޮކްސް" ފިލްމް ސްޓޫޑިއޯ އެވެ.

ފޮކްސްގެ ބާކީ އެސެޓްތައް ކަމަށްވާ "ފޮކްސް ނިއުސް" އަދި "ފޮކްސް ސްޕޯޓްސް" އިން ވަނީ އާ ކުންފުންޏެއް އުފައްދައި، އޭގެ ދަށުން ހިންގުމަށް ނިންމައިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ފޮކްސްގެ ވެރިޔާ، ރުޕަޓް މާޑޮކް އޭނާގެ ހަޔާތުގެ 50 އަހަރަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތް ވަނީ ވިއްކާލައިފަ އެވެ.

މާޑޮކް ވަނީ އޭނާގެ ބައްޕަ ހިންގި ކުޑަ ނޫހެއް ހިންގުމާ ހަވާލުވުމަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ނޫސް އަދި ފިލްމް އިންޑަސްޓްރީ އަށް ހަދައިފަ އެވެ.

ނަމަވެސް އަދިވެސް ފޮކްސް ނިއުސްގެ ބޮޑަކަށް ހުންނާނީ މާޑޮކް އެވެ. ފޮކްސް ނިއުސް ވަނީ 2013 ވަނަ އަހަރު "ޓްވެންޓިއެތު ސެންޗަރީ ފޮކްސް" ފިލްމް ސްޓޫޑިއޯއިން ވަކިވެފަ އެވެ. "ޓައިމްސް" އަދި "ދަ ސަން" އަކީ އެ ފިލްމް ސްޓޫޑިއޯގެ ދަށުން ހިންގާ ދެ ނޫހެވެ.

ޑިސްނީގެ މި އަގު ބޮޑު ވިޔަފާރި މުއާމަލާތުގެ ސަބަބުން "ޓްވެންޓިއެތު ސެންޗަރީ ފޮކްސް" ގެ އެތައް ސަތޭކަ މަޝްހޫރު ފިލްމަކާއި ޓީވީ ސީރީސްތައް ވަނީ އެ މީހުންނަށް ލިބިފަ އެވެ.

އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އޮރިޖިނަލް ސްޓާ ވޯޒް ފިލްމާއި، މާވެލްގެ ފިލްމުތަކާއި އެވަޓާ އަދި ޑެޑްޕޫލް ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ.