Last Updated: April 18, 22:36
Friday, April 19, 2024
މުނިފޫހިފިލުވުން

ޝީރަންގެ ޝޯއަކަށް ވަގު ޓިކެޓު ވިއްކި ބަޔަކު ޖަލަށް

ސިންގަޕޫރުގައި މިދިޔަ މަހު ބޭއްވި އެޑް ޝީރަންގެ ޝޯއަކަށް ވަގު ޓިކެޓު ހަދައިގެން ވިއްކި ބަޔަކު ހޯދައި ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ޚަބަރު ލިބޭ ގޮތުގައި މިކަން ކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ރައްޔިތަކާއި އިނގިރޭސި މީހެއްގެ އިތުރުން ނިއު ޒީލެންޑުގެ ދެ މީހުންނެވެ.

މި މީހުންގެ ވަގު ޓިކެޓު ހެދީ އޮސްޓްރޭލިޔާ އަށް ނިސްބަތްވާ ޕޯލް ކޮސްގްރޮވްއެވެ. އަދި އިނގިރޭސިވިލާތުގެ މާޓީން ކީން އާއި ނިއުޒިލެންޑަށް ނިސްބަތްވާ ދެ މީހުން ވަނީ ކޮސްގްރޮވް ހެދި ޓިކެޓް ޝޯ އަށް ވަންނަން ބޭނުންވި މީހުންނަށް ވިއްކައިފަ އެވެ.

މި މީހުން ވަނީ ވަގު ޓިކެޓު ވިއްކައިގެން 2،000 ޑޮލަރު ހޯދާފައި ކަމަށް ސިންގަޕޫރު ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ. އަދި މި މީހުން ކުރި ކުށުގެ އަދަބަށް ސިންގަޕޫރު ކޯޓުން ވަނީ ހަތަރު ހަފުތާ އަށް ޖަލަށް ލުމަށް ހަތަރު މީހުންގެ މައްޗަށް ވެސް ހުކުމްކޮށްފަ އެވެ.

އެޑް ޝީރަންގެ ސިންގަޕޫރު ޝޯގެ ޓިކެޓުތައް ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވިކި ހުސްވެފަ އެވެ. ނަމަވެސް އަސްލު ޓިކެޓާ ވައްތަރުގެ ޓިކެޓް ގަނެގެން ގިނަ ބަޔަކު ވަނީ ޝޯއަށް ވަދެފަ އެވެ.