Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ތިން އަހަރުން ޤުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

ތިން އަހަރުން ގުރުއާން ހިތުދަސްކޮށްދޭ ޕްރޮގްރާމެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމަކީ ހާފިޒް ކަމުގެ ސަނަދަށް ފަހު އެ ދާއިރާގެ ޑިގްރީ ޕްރޮގްރާމަށް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި ހާފިޒްކަމުގެ ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ހިފްޒުގެ ބައިތައް ތިން އަހަރަށް ބަހާލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ތަޖުވީދު އިލްމާއި އަރަބި ބަހާއި ފިގުހުގެ ބައިތައް ހިމަނާފައި ވާނެ ކަމަށާއި އެ ކޯސް ނިންމުމަށް ފަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ އޮންނަ މީހުން ވެސް ބިނާކުރެވޭނެ ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮގްރާމެވެ.