Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

"ޕެޑްމޭން" ގެ ޓްރެއިލާ އިން ހިނި އަންނާނެ

އަކްޝޭ ކުމާރުގެ ކުރިއަށް އޮފް ފިލްމް "ޕެޑްމޭން" އަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް ފިލްމްގެ ފުރަތަމަ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ޕްރޮޑިއުސްކޮށް، އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި އޭނާއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ ރާކިޕޭ އަޕްޓޭ އާއި ސޯނަމް ކަޕޫރެވެ. އަދި ފިލްމްގެ ހާއްސަ ފެމިލުމަކުން ބަލްކީގެ ލަކީ މެސްކޮޓް އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ.

"ޕާ" އާއި "ޗީނި ކުމް" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ބަލްކީ އެންމެ ފަހުން ގެނެސް ދިނީ ކަރީނާ ކަޕޫރާއި އަރްޖުން ކަޕޫރް ލީޑް ރޯލް ކުޅުނު "ކީ އެންޑް ކާ" އެވެ.

"ޕެޑްމޭން" އަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންނަށް އެހީއެއްވުމުގެ ގޮތުން އިންޑިއާގެ ޓަމިލް ނާޑޫ އަށް ނިސްބަތްވާ އާދައިގެ ވިޔަފާވެރިއެއް ކަމަށްވާ އަރުނަޗަލަމް މުރުގަނަތަން ސެނިޓަރީ ނެޕްކިން ތައްޔާރު ކުރާ މެޝިން އީޖާދުކޮށް، އަންހެނުންގެ ސިއްހަތަށް އެހީއެއް ފޯރުކޮށް ދޭން ފެށި މަސައްކަތް ކިޔައިދޭ ފިލްމެކެވެ.

އޭނާގެ މި އާދަޔާހިލާފު މަސައްކަތުގެ އަގު ވަޒަންކޮށް އިންޑިއާގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ޕަދްމަ ޝްރީ އެވޯޑް ވެސް ދީފަ އެވެ. "ޕެޑްމޭން" ގައި އަރުނަޗަލަމްގެ ރޯލް ކުޅެފައި ވަނި އަކްޝޭ އެވެ.