Last Updated: June 16, 06:39
Tuesday, June 16, 2026
ޚަބަރު

ނޮޅިވަރަމް ޒުވާނަކު ގެނބިގެން މަރުވެއްޖެ

މިއަދު ހަވީރު މަހަށް ގޮސް އުޅުނު ހދ. ނޮޅިވަރަމް ޒުވާނަކު އެންދަމަން އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ހދ. ނޮޅީވަރަމް، ހިތަށްފިނިވާގޭ، އަހުމަދު މުހައްމަދު، 21، އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 5:00 އެހާކަށްހާއިރުގައި ކަމަށެވެ.

އަދި ކޯސްޓު ގާޑުގައި އަހުމަދުގެ ހަށިގަނޑު ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ މަރުވެފައިވަނީ ކުޅުދުއްފުށީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަހުމަދަކީ މާލޭގައި ތައުލީމު ހާސިލުކުރަމުންދާ ޒުވާނެކެވެ. އޭނާ މިހާރު ރަށަށް ގޮސްފައިވަނީ ޗުއްޓީއަށް ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ. އޭނާއާ އެކު 14 މީހަކު ވަނީ އެންދަމަން ގޮސްފައެވެ. އަދި އޭނާއާއެކު މޫދުގައިވެސް 7 މީހަކު ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.