Last Updated: April 25, 18:52
Thursday, April 25, 2024
މުނިފޫހިފިލުވުން

"އޯޝަންސް 8" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ހުސް އަންހެން އެކްޓަރުން ހިމެނޭ ކާސްޓައާއެކު ވޯނާ ބްރޯސް އިން އުފައްދާފައިވާ ފިލްމް "އޯޝަންސް 8"ގެ ފުރަތަމަ ޕޯސްޓަރު ނެރެފި އެވެ.

ފިލްމްގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ރިލީޒްކޮށްފައިވާ ޕޯސްޓަރުން އެ ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ 8 އަންހެން ތަރިން ފެނިގެންދެއެވެ. ފިލްމްގެ ލީޑް އަންހެން ތަރިންނަކީ ސެންޑްރާ ބޮލެކް އާއި ކޭޓް ބްލެންޗެޓް އާއި އޭން ހެތްއަވޭ އާއި ހެލެނަ ބޮންހަމް ކާޓާގެ އިތުރުން ރިއާނާ އާއި ސޭރާ ޕޯލްސަން އަދި މިންޑީ ކެލިންގްގެ އިތުރުން އޯކްވަފީނާ އެވެ.

މި ފިލްމަކީ ސްޓީވެން ސޯޑާބާގްގެ "އޯޝަންސް" ޓްރިލޮޖީގެ ސީކުއެލް އެކެވެ.

"ދަ ހަންގާ ގޭމްސް" ގޭރީ ރޮސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމަކަށްވާއިރު، "އޯޝަންސް 8" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ.