މަޝްހޫރު ރެޕާ އެމިނެމްގެ ނުވަ ވަނަ ސްޓޫޑިއޯ އަލްބަމް ކަމުގައިވާ "ރިވައިވަލް" ރަސްމީކޮށް ބާޒާރަށް ނެރެފި އެވެ.
އާފްޓަމެތް/ޝޭޑީ/އިންޓަސްކޯޕް ރެކޯޑްސް މެދުވެރިކޮށް ރިލީޒްކުރި މި އަލަބަމްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންނަކީ ޑރ. ޑްރޭ އާއި ރިކް ރޫބިން އެވެ.
އެމިނެމް ވަނީ "ރިވައިވަލް" މިހާރު ފިހާރަތަކުން ގަންނަން ލިބޭނެކަން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއްޔެ އިއުލާންކޮށްފަ އެވެ.
https://twitter.com/SlimShadyEmNews/status/941534574080913408
"ރިކަވަރީ" އަލްބަމްގައި އެމިނެމް ވަނީ މަޝްހޫރު ގިނަ ފަންނާނުންނާއެކު މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި އެޑް ޝީރަން، އެލީޝާ ކީސް، ޕިންކް، ކޭލާނީ އަދި ސްކައިލާ ގްރޭއާ ވެސް ހިމެނެއެވެ.
މީގެ އިތުރުން މި އަލަބަމްގެ ފުރަތަމަ ލަވަ "ވޯކް އޮން ވޯޓާ" ގައި އެމިނެމް ވަނީ ބިޔޯންސޭއާ އެކު މަސައްކަތްކޮށްފަ އެވެ.
މީގެ ކުރިން 2013 ވަނަ އަހަރު އެމިނެމް ރިލީޒްކުރި އަލްބަމް "ދަ މާޝެލް މޭތާސް އެލްޕީ 2" ވަނީ ބިލްބޯޑް 200 އަލްބަމް ޗާޓުގެ އެއްވަނަ ހޯދާފައެވެ.