Last Updated: April 18, 22:36
Thursday, April 18, 2024

(މާޗް 28، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ތިޔަ ބުނީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން. އަބަދު އެއްގޮތަކަށް ހުރިހާ ކަމެއްވެސް ނުވާނެ."

"ބޮޑުދައިތަ ތިޔަ ސުވާލު ކުރެއްވީ ކީއްވެތޯ؟"

"ދެން މަ އަހާލީ،" ބޮޑުދައިތަ ސައިބޮއި ނިމިއްޖެ އެވެ. ދެން ދަނީއޭ ކިޔާފައި ބޮޑުދައިތަ ހނިގައ ގަތެވެ.

"ބޮޑުދައިތާ. ބޮޑުދައިތަ ދެއްކި ވާހަކަ އަޅުގަނޑު ގަބޫލު ކުރަން. މަންމަމެން ކައިރިޔަށް ދެވޭތޯ ބަލާނަން."

ލަހުފާ ބޭނުން ވަރަކަށް ރުއިމަށް ފަހު ބޮޑުދައިތަ ކޮޑުމަތީން ބޯ ނެގ ިއެވެ. ހީވަނީ އޭނާގެ ހުރިހާ ފާފައެއް ދޮވެވުނު ހެނެވެ.

"އަހަރެންގެ ދަރިފުޅާ ނުރޮއި ހުއްޓާލާ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް،" ބޮޑުދައިތަ ލަހުފާގެ ހިތް ހަމަޖައްސައި ދިނުމުގެ ގޮތުން ތަފާތު އެތައް ވާހަކައެއް ދެއްކުމަށް ފަހު އެނބުރި ހިގައްޖެ އެވެ.

ލަހުފާގެ ހިތަށް ފިނިކަމެއް ލިބުނެ އެވެ. ތެދެކެވެ. ހިތާ އެއްކޮޮޅަށް ރޯލުމަކީ ކިހާ ހިތްހަމަޖެހޭ ކަމެއް ހެއްޔެވެ؟ ފިރިހެނުންނަކި ހާދަ ތަފާތު ބައެކެވެ. ހިތުގައި ގިނި އަލިފާން އަދަމުން ދާއިރ ވެސް ތިބެނީ ވަންހަނާ ކޮށްގެނެވެ. އޭނާގެ މަންމަ އަންނަ ރުޅީގައި އަހަރެންގެ ލޭ ކޮށާލާކަށް ފަހަކަށް ނުދާނެ އެވެ. އެކަމަކު އޭނާ ކިހާ ސާދާ ކިހާ ލޮބުވެތި ހެއްޔެވެ؟

ހަވީރު ނަވީން ގެޔަށް އައުމާ އެކު މަންމަމެން ގެޔަށް ދިޔުމުގެ ވާހަކަ ދައްކަން ލަހުފާ ބޭނުން ވި އެވެ. އެކަމަކު އޭނާގެ ދޫ ހަރާކާތެއް ނުކުރި އެވެ. ނަވީން ހީކުރީ އަނެއްކާ މިއަދު ލަހުފާ ރުޅ ިއައީ ކަމަށެވެ. ލަހުފާ މިގޮތަށް ތުން ބައްދައިގެން ހުރިތަންް ފެނުމުން ނަވީން އަޅާނުލާ ކޮޓަރިޔަށް ދިޔަ އެވެ.

"މިހާ ގިނަ އިރު ވަންދެން އުޅުނީ ކޮންތާކު؟"
ލަހުފާގެ މޫނުން ހުރިހާ ކަމެއް ނަވީން އަށް އެނގުނެވެ. އަދި ޖެހިގެން މިއުޅެނީ ކޮން މައްސަލައެއްކަން އެނގިއްޖެ އެވެ.

"އަހަރެން ކޮންމެ ތާކު އުޅުނަސް ވާނީ ކޮން ކަމެއް. ެއެއީ އަހަރެންގެ ޒާތީ ކަމެއް." ފުރަތަމަ ފަހަރަށް ނަވީން ހިތްހަމަނުޖެހުން ފާޅު ކުރި އެވެ.
ލަހުފާ ބެނުންވީ މި ދުވަސް އައުމުގެ ކުރިން ކަންތައްތައް ރަނގަޅު ކުރާށެވެ. އެކަމަކު މާ ލަސްވި އެވެ.

"އަހަރެންނަކީ ނަވީންގެ އަނބިމީހާ."

"އަނބިމީހާ ކަމުގައި ވަންޏާ އަންބެއްގެ މަގާމުގައި އުޅޭ. އެ ދާއިރާ އިން ބޭރު ނުވޭ."

"ދާއިރާ އިން ބެރުވާން ތިޔަ އުޅެނީ ނަވީން."

"ވިޔާނުދާ އަނގަނުތަޅާ. އަހަރެން މިހިރީ ވަރަށް ބޮޑަށް ވަރުބަލި ވެފައި. " ނަވީން މިހެން ބުނެލުމަށް ފަހު ނިދ ާކޮޓަރި އަށ ވަދެއްޖެ އެވެ.

ނަވީން ހެދުން ބަދަލުކޮށްގެން އޮށޯވެއްޖެ އެވެ. ލަހުފާ ވިސްނާލ ިއެވެ. އޭނާ އަށް ކަންތަށް މި ކުރެވުނީ ރަނގަޅަށް ބާ އެވެ. ރުޅި އައުމުގެ ބަދަލުގައި ލޯބި ފާޅު ކުރުމަކީ މިކަހަލަ މައްސަލަތަކައް ހައްލުކުރަން އޮތް ހަމައެކަނި ގޮތެވެ.

'ކާނަން؟" ވަރަށް މައިތިރި ވެލާފައި ލަހުފާ އަހާލި އެވެ.

"ނޫން. ނުކާނަން." ކުރަކި ގޮތަކަށް ނަވީން ބުނެލި އެވެ.

"ކިހިނެއްވީ؟"

"ނުކާނަމޭ ބުނެފީމެއް ނޫން؟"

"އެހެންތާކުން ކެއީތަ؟"

"ހީކުރި ކޮންމެ ގޮތެކަށް."

"އަހަރެން ހީކުރާނީ ތަނަކުން ކައިގެން އައި ކަމަށް."

"ތިޔަ ހީކުރީ ހަމަ ރަނގަޅަށް."

"މި ދުވަސްކޮޅު މަންމަ މެންގެޔަށް ގޮސް އުޅެން ދޯ؟" ނަވީން ވަކި ޖަވާބެއް ނުދިނެވެ. ލަހުފާ ލޯބިވެތި އަދާ އަކާ އެކު އޭނާގެ ކައިރިޔަށް ގޮސް ހުއްޓިލި އެވެ.

"މިއަދު ވެސް ދިޔައީ އެގެއަށްތަ؟"

"އަހަރެން އެގެޔަށް ދާކަން އެނގި ހުރެ އަހަރެން ކަރިން ބުނުވަން ތިޔ އުޅެނީ ކީއްކުރަން؟"

"އެ ގެޔަށް ދިޔުމަކީ މައްސަލައެއް ނޫން. އަހަރެން ރުޅިއައިއްސައެއް ނޫން."

ލަހުފާ މިހެން ބުނެލުމުން ނަވީން ލަހުފާ އާ ދިމާލަށް ބަލާލި އެވެ. މިވީ ދިގ މުއްދަތުގެ ތެރޭ ފަހަރެއްގައި ވެސް ލަހުފާ މިހާ ފަސޭހަ އިން އެގޭގެ ކަންތަކާ ވާހަކަ ދަައްކައިފައެއް ނުވ ެއެވެ. އެވަގުތު ލަހުފާ ވެސް ނަވީން އާ ދިމާ އަށް ބަލާލި އެވެ. އެވަގުތު އޭނާ ގެ ޒަމީރު ބުނާ ކަހަލަ އެވެ.

މޮޔަ އަންހެން ކުއްޖާ އެވެ. ކަލޭ ބަލިވެއްޖެ އެވެ. ކަލޭ އޭނަގެ ފައިބުޑަށް ތިރިވާށެވެ. އެކަމުން ކަލޭގެ ލޯބި އަނބުރާ ލިބިދާނެ ހެއްޔެވެ؟

ދެވަނަ ދުވަހު އޮފީސް ނިމިގެން ނަވީން ގެއަށް އަތުވެއްޖެ އެވެ. ނަވީން ކައި ނިމިގެން ސިޓިން ރޫމްގެ ސޯފާގަ އިށީދެއްޖެ އެވެ. ލަހުފާ ނުހަނު ލޯތްބ ާއެކު ކައިރީގަ އިށީނދެ ވާހަކަ ދައްކަން ފެށި އެވެ.

"ނަވީން. މިހާރު އަހަރެންނާ ވާހަކަ ދައްކަން ވެސް ނުރުހެނީތަ؟"

"ކިހިނއްވީ؟" ވަރަށް އާދައިގެ ގޮތެއްގާ ނަވީން އަހާލި އެވެ.

"އަހަރެން ދެކެ ރުޅި އައިސްގެން ތިޔަ އުޅެނީ ކޮންކަމަކާ؟"

"ތިޔަ ސުވާލު އަމިއްލަ ހިތާ ކޮށްބަލަ."

"އަހަރެންގެ ހިތަށް ޖަވާބު ދެވޭ ނަމަ މިއަދު ހިލޭ މީހެއް ހެން ނަވީން އާ ސުވާލު ކުރަންވީ ކީއްވެ؟ ދޭ މި އަދަކީ ރަނގަޅު ދުވަހެއް. މަންމަޔާ ބައްދަލު ކުރޭ. ޝައިނާ ވެސް ގޮވައިގެން ދޭ."

"މީގެ ކުރީގައި ދުވަހަކު ވެސް ތިހެން ނުބުނޭ. ކިހިނެއްވީ؟"

"ކުރީގެ ވާހަކަ ނުދައްކާ. އަހަރެން ގަބޫލް ކުރާ ގޮތުގައި ފިރިހެނުންނަކީ އަމިއްލަ މުދާގަނޑެއްގެ ގޮތުގަ ނުގެންގުޅެވޭނެ."

"އެހެންވެއްޖިއްޔާ އަހަރެންގެ މުދަލަކީ ކޮބާ؟" ނަވީން ވަރަށް ގާތް ގޮތެއް ދައްކާލަމުން ލަހުފާ އާ ސުވާލު ކޮށްލި އެވެ.

"ކުދިން. ގެ. ކާ އެއްޗިހި …އަނބިމީހާ."

"ނޫން ލަހުފާ އަނބިމީހާއެކޭ އެއްފަދައިން އަހަރެންގެ މަންމ ޔަކީ ވެސް އަހަރެންގެ ޒިއްމާއެއް." މިހެން ބުނެލާފައި އޭނާ ތެދުވެގެން ދިޔައީ އެވެ.

އަނެއް ދުވަހު ހެނދުނު ނަވީންގެ މިޒާޖު ކުޑަކޮށް ބަދަލު ވެފާ ހުރި ކަމުގައި ލަހުފާ އަށް އިހްސާސް ކުރެވުނެވެ. ހަމަ އެކަނި ބަދަލު ވީކީ ނޫނެވެ. ހީނ ހީނފައި ލަހުފާޔާ ވާހަކަ ވެސް ދައްކަ އެވެ. މިކަމުން ލަހުފާ އަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ފިރިމީހާ އަށް އަންނަ ކޮންމެ ބަދަލެއް ވެސް އަނބިމީހާ އަށް ރަނގަޅަށް އިހްސާސް ކުރެވޭނެ އެެވެ.

ދެވަނަ ދުވަހު ވެސް ވަގުތަށް ނަވީން އޮފީހުން އަތުވެއްޖ ެއެވެ. ޝައިނާ ކާރި ކޮށްގެން މަޖާ ކުރި އެވެ. ލަހުފާ މަޑުމަޑުން ގޮސް ކައިރީގައި އިނދެ އެވެ. އިރުއިރު ކޮޅުން ކޮންމެވެސް ވާހަކަ އެއް އަހާލަ އެވެ. ހީވަނީ ނަވީން ރުއްސަން ވެވެން އޮތް ހުރިހާ މަސައްކަތެއް ކުރަނީ ހެންނެވެ.

ނަވީން ޖެހިގެން އައި ދުވަހު މަންމަ މެންގެޔަށް ދިޔަ އެވެ. މަންމަޔާ އޭނަ މިއަދު ސަލާމް ކުރުމުން މަންމަ މާ ހިމޭނުން އިންހެން އޭނަ އަށް ހީވި އެވެ.

"މަންމާ ކިހިނެއްވީ؟ ސާއިގާ ކޮބާ؟"

"ސާއިގާ އެ ފަރާތުގަ އެބައުޅޭ. ދަރިފުޅަށް ލަހުފާ ހުއްދަ ދިނީތަ؟"

"މަންމާ ހުއްދަ ނޮއޮންނާތީކީ ނޫނޭ. އަހަރެން ބިޒީކަމުން ނާދެވެނީ."

"ހިނގާ. އަހަރެން މިއަދު މަންމަ އަހަރެންނާ އެކު ރެސްޓޯރަންޓަކަށް ގެންދާނަން." ހިނގާ."

ނަވީން އޭނާގެ މަންމަ ގޮވައިގެން ނަސަންދުރަ ޕެލަސް އަށް ދިޔަ އެވެ. އެތާގެ ރެސްޓޯރަންޓްގެ ގޮނޑީގައި އިށީދެ އޭނާ ކާ އެއްޗިއްސަށް އޯޑަރު ދިނުމަށް ފަހު މަންމަޔާ ވަހަކަ ދައްކަން ފެށި އެވެ.
މަންމަ ލޯބިން އޭނާގެ މޫނަށް ބަލަމުން ދިޔަ އެވެ. އެބެލުމުގައި ވަނީ މައިވަންތަކަމެވެ. ލޯތްބެވެ. ނަވީން ތަފާތު ވާހަކަތަށް ދެއްކި އެވެ. ނަމަވެސް މަންމަ ބަލަހައްޓައިގެން އިނުން ފިޔަވާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. މިއަދު މަންމަ ކެއީ ހިތްހަމަޖެހިގެން އިނދެ އެވެ. މިފަދަ ދުވަހެއް އޭނާ އަށް މި ލިބުނީ އޭނައަށް ހީވީ އެތަށް ގަރުނެއްގެ ފަހުން ހެނެވެ.

"މަންމާ ކެއުން ރަނގަޅުތަ؟"

"އާނ. އެއްވެސް އެނގުމެއް ނުވާ ގޮތުން އަހަރެން ތަށި ހުސްކޮށްލައިފިން." މަންމަ ހިނިތުން ވަމުން ބުނެލި އެވެ.
އެރޭ އެގާރަ ޖަހަން އުޅެނިކޮށް އޭނަ ގެއަށް އައިރު އޭނަ ހުރީ ވަރަށް ވަރުބަލިވެފަ އެވެ. އޭރު ވެސް ލަހުފާ ކާން ހަދައިގެން ނަވީން ގެ އިންތިޒާރުގައި އިނެވެ.

ނަވީން ހަމަ އެކަނި ފެންފޮދެއް ބޯލުމަށް ފަހު ސޯފާގައި އިށީނެވެ. ލަހުފާ މަޑުމަޑުން އޭނާގެ ބޯ މޮޑެދޭން ފެށި އެވެ.

"މިހާރު ވަރުބަލިކަން ކެނޑިއްޖެތަ؟"

"އަހަރެން ވަރުބަލިވެފައި ހުރިކަން ލަހޫ އަށް އެނގުނީ ކިހިނެއް؟"

"ނަވީގެ މޫނު މަތިން އެކަން ފާޅުވެ އެނގެން ހުރީ."

"އަހަރެން ލަހުފާ އާއި މެދު ފަހުރުވެރިވޭ. ލަހުފާއަކީ އެހެން މީހަކު ނަމަ މިވަގުތު ތާކުން ތާކު ނުޖެހޭ އަނދޮޅު ވާހަކަތައް ދައްކައިގެން އަހަރެންގެ ސިކުޑި ތަޅުވާލީސް. ހަގީގަތުގައި ވެސް އަހަރެން މިހިރީ ވަރަށް ވަރަށް ވަރުބަލިވެފައި. އެކަމަކު މިހާރު ލަހޫ ތި ދިން ފަރުވާ އިން ހުރިހާ ވަރުބަލި ކަމެއް ހިނގައްޖެ."

އޭގެ އަނެއް ދުވަހު ސާއިގާ ރޮމުން ނަވީން އަށް ގުޅި އެވެ. މަންމަ ނިޔާވި ހަބަރު އޭނާ އަށް ދެވުނު އިރު ވާހަކަ ނުދެއްކެ އެވެ.

"އެކަމަކު ރޭގަ އަހަރެން މަންމަޔާ ބައްދަލު ކޮށްފަ އައި އިރު މަންމަ ރަނގަޅު. މަންމަ އަށް ވީ ކިހިނެއް؟ " ނަވީން ވެސް ރޮމުން އެހި އެވެ.

"މަންމަ މެޔަށް ތަދުވަތީ އުޅުނު. އަޅުގަނޑު ބޭސް ވެސް ދިނިން."

(ނުނިމޭ)