Last Updated: April 20, 11:49
Saturday, April 20, 2024
މުނިފޫހިފިލުވުން

އެންމެ ގިނަ މީހުން 2017 ގައި ވެސް ސާޗް ކުރީ ސަނީ ލިއޯން

ގޫގުލް އިން ކޮންމެ އަހަރަކުވެސް ޝާއިރުކުރާ "އިޔާ އިން ސާޗް ރިޒަލްޓްސް" ގެ މިއަހަރުގެ ލިސްޓް އާންމުކޮށްފި އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ލިސްޓްގެ މަތީ ވަނަތައް ހޯދާފައި ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަރިންނާއި ކްރިކެޓް ތަރިންނެވެ. އެގޮތުން މިއަހަރުގެ ލިސްޓްގެ އެއްވަނަ ހޯދާފައި ވަނީ މަޝްހޫރު ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އެވެ.

ލިސްޓްގެ އެއްވަނައިގައި އޮތީ ސަނީ ކަމުގައިވާއިރު، ދެވަނަ އާއި ތިންވަނަ ހޯދާފައި ވަނީ "ބިގް ބޮސް 11" ގެ ބައިވެރިން ކަމުގައިވާ އަރްޝީ ޚާން އާއި ސަޕްނާ ޗޯދަރީ އެވެ.

"2017 އިޔާ އިން ސާޗް ރިޒަލްޓްސް" ލިސްޓްގައި ހިމެނޭ އެހެނިހެން ތަރިންގެ ތެރޭގައި ވިދްޔާ ވޮކްސް، ދިޝާ ޕަޓާނީ އަދި ސުނީލް ގްރޯވަރް އާއި ޝިލްޕާ ޝިންޑޭގެ އިތުރުން ބަންދަގީ ކާއިރާ އާއި ސަގާރިކާ ގަޓްގޭ އަދި ރާނާ ދައްގުބަތީ ވެސް ހިމެނެއެވެ.

މި ލިސްޓަކީ ދުނިޔޭގެ މީހުން އެންމެ ގިނައިން ސާޗު ކޮށްފައިވާ ކަންތައްތައް ދައްކުވައިދޭ ލިސްޓެކެވެ.