Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން: ރޮކް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 2024 ވަނަ އަހަރު ކުރިމަތިލާނެ ކަމުގެ ޔަގީންކަން މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން ނުވަތަ "ދަ ރޮކް" ދީފި އެވެ.

ޕްރޮޑިއުސް ކުރަމުންނާއި އެކްޓް ކުރަމުން އަދި ވިޔަފާރިތައް ހިންގަމުން އޭނާގެ ކެރިއަރާއި ސިޔާސީ ކަންތައްތައް އެއްވަގުތެއްގައި ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ޑްވޭން ބުންޏެވެ.

2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް ވެސް ޑްވޭން ޝޫޓް ކުރަން ޖެހިފައިވާ ގިނަ ފިލްމްތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން ދެން އެންމެ އަވަހަށް ވެސް އިންތިޚާބުގައި ކުރިމަތިލެވޭނީ 2024 ވަނަ އަހަރުގައި ކަމަށް އޭނާ ބުންޏެވެ.

ސިޔާސީ ދާއިރާއަށް ވަނުމަށް ޑްވޭން ވިސްނަން ފެށީ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ޝާއިރު ކުރެވުނު އާޓިކަލް އެއްގެ ސަބަބުންނެވެ. އެ ލިޔުމުގައި ބުނެފައި އޮތީ އެމެރިކާގެ ވެރިކަމަށް ޑްވޭން ކުރިމަތިލައިފިނަމަ، ހަމަ ޔަޤީނުން ވެސް އޭނާ ހޮވޭނެ ކަމަށެވެ. ޑްވޭން ބުނީ އޭނާ ވެރިކަމަށް ކުރިމަތިލާން ނިންމާފައި ވަނީ ގިނަ ރައްޔިތުންނެއްގެ އެދުމުގެ މަތިން ކަމަށެވެ.