Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

"ސަފީރުންނާ ބައްދަލު ނުކުރެވޭގޮތް ހެދީ ދާހިލީ ގުޅުމަށް ބުރޫއަރާފާނެތީ"

ހޯމް މިނިސްޓަރ އަޒްލީން، ފޮޓޯ: އަވަސް

ރާއްޖޭން ބޭރުގެ ސަފީރުންނާއި ކައުންސިލްތަކަށް ބައްދަލު ނުކުރެވޭ ގޮތް ހެދީ ރާއްޖޭގެ ހާރިޖީ މިނިވަންކަން ހިމާޔަތް ކުރެއްވުމަށް ކަމަށް ހޯމް މިނިސްޓަރ އަހްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ބޭރުގެ ސަފީރުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކު ގުޅުން ބާއްވަން ޖެހޭނީ ސަރުކާރުން ކަމަށާއި އެނޫންގޮތަކަށް އެކަން އޮވެއްޖެނަމަ ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ގުޅުމަށް ބުރޫއަރާފާނެކަމަށެވެ.

ބޭރުގެ ބައެއް މަންދޫބުން ކައުންސިލް ތަކާއި މިދިޔަ ހަފްތާ ތެރޭގައި ބައްދަލުކުރުމާއި ގުޅިގެން ގއ. ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ބޭރުގެ ސަފީރުންނާއި ބައްދަލު ކުރުމަކީ މަނާކަމެއް ކަން އަންގައި ސާކިއުލާއެއް ނެރެފައެވެ.

އެ ސާކިއުލާ ގައި ބުނެފައިވާ ގޮތުން ކައުންސިލްތަކަށް ބޭރުގެ ސަފީރުންނާއި ބައްދަލު ކުރެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ