Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އޭޝިޔާގެ ބޭންކިން ކޮންފަރެންސެއް އަންނަ އަހަރު ރާއްޖޭގައި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިޔާގެ ބޭންކިން ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އޭޝިޔަން ބޭންކާސް އެސޯސިއޭޝަނުން މިހާރު ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގައި ބާއްވާ މިކޮންފަރެންސް ރާއްޖޭގައި ބާއްވާނެކަން ކަށަވަރުކޮށްފައެވެ. ކޮންފަރެންސް އޮންނާނީ ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓު، ކުރުނބާ މޯލްޑިވްސްގައެވެ.

ރާއްޖެއިން ކޮންފަރެންސް ބާއްވާ ބޭންކަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. ބީއެމްއެލްއިން ބުނެފައިވަނީ މިފަދަ ކޮންފަރެންސެއް ބޭއްވުމަށް ބޭންކު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

މުޅި އޭޝިޔާގެ 25 ގައުމެއްގެ 80 މާލީ އިދާރާއަކާއެކު އޭޝިޔަން ބޭންކާސް އެސޯސިއޭޝަން މަސައްކަތްކުރާއިރު އޭބީއޭގެ މައިގަނޑު މަގުސަދަކީ މުޅި އޭޝިޔާ ބައްރުގެ ބޭންކިން ސިނާއަތް ކުރިއެރުވުމާއި ސަރަހައްދީ ގޮތުން އޭޝިޔާގެ އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމެވެ.

ކޮންފަރެންސުގައި މުޅިއެކު 160 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ. އެންމެ ފަހަކަށް ބޭއްވުނު ސަޓާ އެވޯޑުވެސް މިފަހަރު ވަނީ ރާއްޖޭގައި ބާއްވާފައެވެ. މި ކުލަގަދަ އެވޯޑު ހަފުލާ ބާއްވާފައިވަނީ އީކުއޭޓާ ވިލެޖުގައެވެ.