ހާލުގައި ޖެހި، އޮޔާދިޔަ ބިދޭސީ މިހަކާއި ޑިންގީއެއް މިއަދު ފުލުހުން ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންގެ ލޯންޗަކުން އޮޔާދިޔަ މީހާއާއި ޑިންގީ ސަލާމަތްކޮށްފައިވަނީ ވިލިމާލެއާއި ފޭދޫ ފިނޮޅާ ދޭތެރޭ ކަނޑުން ބެހެމުން ދަނިކޮށް ކަމަށެވެ.
ކަނޑުމަތިން އޮޔާ ދިޔަ ބިދޭސީ މީހަކާއި ޑިންގީއެއް ފުލުހުން ސަލާމަތްކޮށްފައިވާއިރު ޑިންގީގައި އެހެން ބިދޭސީއަކުވެސް ހުރިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ދެމީހުންނަކީވެސް އެސަރަހައްދުގައި އޮތް ބޯޓެއްގެ ދެމީހުން ކަމަށެވެ. އޮޔާދިޔަ މީހާ ބެހިގެން ދިޔައީ ޑިންގީ އޮޔާދާން ފެށުމުން، ސަލާމަތް ކުރަން ކަނޑަށް ފުންމާލުމުންކަން ފުލުހުންގެ ފަރާތުން އެނގިފައިވެއެވެ.
ޑިންގީ ބެހިގެން ދިޔައީ އިންޖީނު ހުއްޓިގެން ކަމަށާއި ދެމީހުންނާއި ޑިންގީވެސް ބޯޓާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.