Last Updated: March 29, 16:45
Friday, March 29, 2024
ކުޅިވަރު

ސީޒަންގެ އެންމެ ރީތި ގޯލް ޖެހި ކުޅުންތެރިޔަކަށް އިއްބެ

މި ސީޒަނުގައި އެންމެ ރީތި ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ޖޫލޭ އެވޯޑާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ހަވާލު ވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ސީޒަނުގައި އެންމެ މޮޅު ލަނޑެއް ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖޫލޭ އެވޯޑް ހާސިލްކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި އަލަށް ތައާރަފު ކުރި އެ އެވޯޑަށް ކުޅުންތެރިޔާ ހޮވީ އާންމުން ވޯޓް ލައިގެނެވެ.

ފޭދޫ ޓީމުން ވިދާލި އިއްބެ ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، ރާއްޖޭގެ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ.އޭނާ ވަނީ މި ސީޒަނުގައި ޓީސީ އާއި އެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޖޫލޭ އެވޯޑަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ އަލްމަރްޙޫމް އަބުދުﷲ ރަޝީދުގެ ހަނދާނުގައި ދޭ އެވޯޑެކެވެ. ޖޫލޭއަކީ އޭނާގެ ވަނަމެވެ.