Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ސިޓީން ޓޮޓެންހަމް "ސައިޒްކޮށްލައިފި"

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއިން ސިޓީ ކާމިޔާބުކޮށް އެއްވަނައިގައި އޮތް ލީޑު 14 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ސިޓީއިން ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު ޕޮޗެޓީނޯގެ ޓީމަށް ސިޓީގެ ކުރިމަތީގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު ޖެހީ އިކޭ ގުންޑޮގަންއެވެ.

ފުރަތަމަ ހާފު އިތުރު ލަނޑެއް ނުޖެހި ނިމިފައިވާއިރު ސިޓީގެ ދެވަނަ ލަނޑު ޖަހާފައިވަނީ 70 ވަނަ މިނެޓުގައި ޑިބްރުއޭނާއެވެ. އަދި 75 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޑިބްރުއޭނާ ވައްޓާލުމުން ސިޓީއަށް ލިބުނު ޕެނަލްޓީ ގެބްރިއަލް ޖީސަސް އަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ސްޓާލިން ވަނީ ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 90 ވަނަ މިނެޓުގައި ސިޓީގެ ފަހު ލަނޑުވެސް ޖަހާފައިވަނީ އޭނާއެވެ. 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ހަތަރު މިނެޓު ތެރޭގައި ސްޕާސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ކްރިސްޓިއަން އެރިކްސަންއެވެ.