Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ސަރުކާރުގެ ވެރިން ރަށްތަކަށް ދިއުމުން މުޒާހަރާ ކުރޭ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރަށްތަކަށް ވަޑައިގަތުމުން މުޒާހަރާ ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު މަހްލޫފް ގޮވާލައްވައިފި އެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، އިހަވަންދޫގައި މަސްވެރިންގެ ދުވަހުގެ ޖަލްސާ އާއި ދިމާކޮށް ކުރި މުޒާހަރާ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މަހްލޫފް ވަނީ އިހަވަންދޫ ރައްޔިތުންގެ ކިބައިން ހިތްވަރު ލިބިގަނެ އިހްތިޖާޖް ކުރުމަށް ގޮވާލާއްވާފައެވެ.

"އިހަވަންދޫ ރައްޔިތުން ކިބައިން ހިތްވަރު ލިބިގަނެ، ސަރުކާރުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން މުޒާހަރާ ކޮށް އިހްތިޖާޖްކުރަންޖެހޭ"

އިހަވަންދޫގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކައް ސަރުކާރުން ހައްލެއް ހޯދައިދީފައިނުވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.

މުޒާހަރާ ކޮށްފައި ވަނީ އެރަށުގައި މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ބޭއްވި ރަސްމިޔާތު ހިނގަމުންދިޔަ ވަގުތުއެވެ.