Last Updated: April 20, 16:27
Saturday, April 20, 2024
ކުޅިވަރު

ރޮނާލްޑޯގެ ގޯލުން ރެއާލް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ފީފާ ކުލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ބްރެޒިލްގެ ގްރެމިއޯއާ ބައްދަލުކޮށް 0-1 އިން މެޗު ކާމިޔާބުކޮށް ޔޫރޮޕިއަން ޗެމްޕިއަން ރެއާލް މެޑްރިޑް އަނެއްކާވެސް ތަށި ކާމިޔާބުކޮށްފި އެވެ.

މިއީ ޒިނެދީން ޒިދާންގެ ޓީމުން މިއަހަރު ތެރޭ ހޯދި 5 ވަނަ ތަށްޓެވެ. މުޅި މެޗުގައިވެސް ރެއާލުން ރަނގަޅު، މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ހަމައެކަނި ލަނޑަކީ 53 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ކާމިޔާބުކުރި ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް ބެންޒީމާއާއި އިސްކޯގެ އިތުރުން ރޮނާލްޑޯ ވަނީ ހަމަލާތައް އުފައްދައި ގޯލަށް ނުރައްކާކޮށްފައެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މުބާރާތުގައި ބައިވެރިވި ތިން ފަހަރުވެސް މުބާރާތް ކާމިޔާބުކޮށްފައެވެ.

ތިންވަނަ ފަހަރަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލް ވަނީ ބާސާއިން މިމުބާރާތް ކާމިޔާބުކުރި އަދަދާއި އެއްހަމަކޮށްފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ރެއާލް ވަނީ މިސީޒަނުގެ ކުރީކޮޅު ޔޫރޮޕާ ލީގް ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށް ޔުއެފާ ސުޕަކަޕްވެސް ކާމިޔާބުކޮށްފައެވެ.