Last Updated: June 16, 06:16
Tuesday, June 16, 2026
ދުނިޔެ

ހެލިކޮޕްޓަރެއް ވެއްޓި ހޮންޑިއުރާސްގެ ރައީސްގެ ކޮއްކޮ މަރުވެއްޖެ

Hilda Hernandez, sister of Honduran President Juan Orlando Hernandez Honduras/Handout via REUTERS

ހޮންޑިއުރާސްގެ ރައީސް، ޔުއަން އޯލަންޑޯ ހަނަންޑޭޒްގެ ކޮއްކޮ، ހިލްޑާ ހަނަންޑޭޒްއާއި އިތުރު ފަސް މީހަކު ދަތުރުކޮށްފައިދިޔަ ހެލިކޮޕްޓަރު ވެއްޓި، ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިލްޑާއާއި އޭނާގެ ސެކިއުރިޓީ ޓީމުގެ ހަތަރު މެމްބަރުން ދަތުރުކުރީ ޓެގުސިގަލްޕާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ދިރިއުޅޭ ކޮމަޔަގުއާއަށެވެ. ބޯޓު ވެއްޓުނު ސަބަބު މިހާތަނަށް ހޯދިފައިނުވާއިރު، އެއާޕޯޓުން ނެއްޓުމަށްފަހު ޚަބަރެއް ނުވުމުން ހޯދަމުން ދަނިކޮށް ބޯޓު ވެއްޓިފައި އޮތްވާ ފެނިފައިވަނީ އެސަރަހައްދުގެ ފަރުބަދަ މަތިންނެވެ.

ހިލްޑާއަކީ އޭނާގެ ބޭބެގެ ސަރުކާރުގެ އެގްރޮނޮމީ އިންޖިނިއަރުގެ މަގާމު އަދާކުރައްވަމުން އައި ބޭފުޅެކެވެ. އޭގެ ކުރިން ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ހިލްޑާގެ ކުއްލި މަރާއި ގުޅިގެން ރައީސް، ހަނަންޑޭޒް ވަނީ އޭނާގެ ޓުވިޓާ ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ފޮޓޯ ހިލްޑާގެ ފޮޓޯއަކަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.