Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ފެނަކަ މުވައްޒަފުންގެ ތަމްރީން ނިންމާލައިފި

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ލީޑަޝިފާއި ޓައިމް މެނޭޖުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ދެ ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފެނަކައިގެ މުވައްޒަފުން މަސައްކަތްކުރުމުގައި ގެންގުޅޭނެ އަޙްލާގާއި ވަގުތު މެނޭޖްކުރުމާއި ޙިދުމަތް ދިނުމުގައި ގެންގުޅެންވީ އުސޫލުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީންގައި ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް ހިމެނޭ ގޮތަށް އަށާވީސް މުވައްޒަފުން ބައިވެރިވިއެވެ.

އައްޑޫގައި ހުންނަ ފެނަކަ ރީޖަނަލް އޮފީހުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވީ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އަލްތާފެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެންނެވެ.