Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބިލް ގޭޓްސް ރާއްޖޭގައި

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި އާއިލާ އެކު ޗުއްޓީ ހޭދަކޮށްލެއްވުމަށް ރާއްޖެ ވަޑައިގެން ގޭޓްސް އާއި އާއިލާ ތިއްބަވަން ހަމަޖެހިފައި ވަނީ އަނަންތަރާ ނަލަދޫއަށެވެ.

މީގެ ކުރިން ވެސް ގޭޓްސް ރާއްޖެ ވަޑައިގެން ޗުއްޓީ ހޭދަ ކުރައްވާފައިވެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ގޭޓްސް، 62، ގެ މިލްކިއްޔާތު މިހާރު ވެސް 90.2 ބިލިއަން ޑޮލަަރަށް އަރަ އެވެ.

ތިން ކުދން ތިބި ގޭޓްސްއަކީ ހައިރާތަށް ވެސް ގިނަ ހޭދަތަކެއް ކުރައްވާ ބޭފުޅެކެވެ.