މާދަމާ ޕީޕީއެމް އިން ބާއްވާ އެޕާޓީގެ ޕްރައިމަރީ އިންތިހާބުގައި ހިތަދޫގައި 3 ވޯޓުފޮށި އަދި އެހެން ކޮންމެ ރަށެއްގައި އެއްވޯޓު ފޮށި ބަހައްޓާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްގެ އައްޑޫ އިސްއޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ބަހައްޓާ ތިން ވޯޓު ފޮށީގެ ތެރެއިން މެދުވަލުގެ މީހުނަށް ހާއްސަކޮށް ބަހައްޓާ ވޯޓޫ ފޮށި ހުންނާނީ މެދުވަލު ސްކޫލްތެރޭގައެވެ. އަދި ބޭރުމަތީ މީހުނަށް ބަހައްޓާ ވޯޓު ފޮށި ހުންނާނީ ހިތަދޫ ނޫރާނީ ސްކޫލްގައިއެވެ. އަދި މޫލެކެޑޭ މީހުންގެ ވޯޓު ފޮށި ބަހައްޓަނީ ހިތަދޫ ސްކޫލްގައެވެ.
އޮފިޝަލް ވިދާޅުވީ އެހެން ރަށްތަކުގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ޕީޕީއެމް އޮފީހުގައެވެ.
ޕީޕީއެމް ޕްރައިމެރީޒްގައި ވާދަ ކުރައްވާ އުމަރު ނަސީރު އާއި ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕެއިން ޓީމުތަކުން އަންނަނީ މި އިންތިޙާބަށް ވަރަށް މަސައްކަތް ކުރަމުންނެވެ.
އައްޑޫގައި ތިބި ޕީޕީއެމްގެ ވޯޓުލާ މީހުންގެ އަދަދު އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް "އައްޑޫލައިވް" ން މި އިންތިހާބުގެ އެންމެ ފަހުގެ ހަބަރާއި ފޮޓޯ ކިއުންތެރިންނާއި ހަމައަށް ގެނެސްދެމުން ގެންދާނަމެވެ.