Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ކައުންސިލް މުވައްޒަފުންނަށް ޕަބްލިކް ސްޕީކިން ޕްރޮގްރާމެއް

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ޕަބްލިކް ސްޕީކިންގް" ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި އިއްޔެ ފެށި މި ޕްްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ ނީ 2 ދުވަހުގެ މުއްދަތަކަށެވެ.

މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އައްޑޫ ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު މިހާދުއެވެ.

"ޕަބްލިކް ސްޕީކިންގް" ޕްރޮގްރާމަކީ މުވައްޒަފުންގެ ވާހަކަ ދެއްކުމުގެ ހުނަރު އިތުރުކޮށް އާންމު ތަންތާގައި މީހުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމުގެ ޤާބިލުކަން އުނގަންނައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމްގައި ކައުންސިލްގެ 20 މުވައްޒަފަކު ބައިވެރިވެއެވެ.